މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް މުވައްޒަފުންނަށް ދީފައިވަނީ ނ. އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓު އައިލެންޑް ރިސޯޓުން ކަމަށް ރާއްޖޭގެ ޓޫރިޒަމް ހިސާބުތަކުން ދައްކައިފި އެވެ.
އެ ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1،106 ޑޮލަރު ދީފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހާއި އަޅާ ބަލާއިރު 64 ޕަސެންޓު ކުރި އެރުމެކެވެ. މިދިޔަ އަހަރުގެ މެއި މަހު އެ ރިސޯޓުގެ މުވައްޒަފުންނަށް ލިބިފައިވަނީ 674.44 ޑޮލަރެވެ.
މިދިޔަ މަހު ދެވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ އަނަންތަރާ ކިހަވަށް ވިލާ ރިޒޯޓުގެ މުވައްޒަފުންނަށެވެ. އެއީ 800.24 ޑޮލަރެވެ. މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު މިއީ ތިން ޕަސެންޓު އިތުރު އަދަދެކެވެ.
ތިން ވަނައަށް އެންމެ ގިނައިން ޗާވިސް ޗާޖު ދީފައިވަނީ ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް 772.22 ޑޮލަރު ދީފައިވާއިރު އެއީ މިދިޔަ އަހަރުގެ މެއި މަހާއި އަޅާ ބަލާއިރު ދެ ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މެއި މަހު އެ ރިސޯޓުގެ މުވައްޒަފުންނަށް ވަނީ ސާވިސް ޗާޖުގެ ގޮތުގައި 791.3 ޑޮލަރު ލިބިފައިވެ އެވެ.
ސާވިސް ޗާޖު ނަގަނީ ގެސްޓުންނަށް މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތަށެވެ. އެކަމަކު ރާއްޖޭގައި ގިނަ ރިސޯޓުތަކުގައި މުވައްޒަފުންނަށް ސާވިސް ޗާޖު ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް