އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް އެކިއެކި ހިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދިޔަ އެޑްވާންސް ސައިން ލެންގުއޭޖް ކޯސް އިތުރު ބަޔަކު ފުރިހަމަކޮށްފިއެވެ.
މި ފަހަރު މި ކޯހުގައި 11 ފަރާތަކުން ބައިވެރިވި އެވެ. ޖެންޑާ މިނިސްޓްރީން ކުރިޔަށް ގެންދާ އެ ކޯސް މިހާތަނަށް 270 ފަރާތަކުން ވަނީ ފުރިހަމަކޮށްފައި އެވެ.
މިފަހަރުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ އީވް ކްލިނިކް، މޯލްޑިވްސް ބްލަޑް ސާވިސަސް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ވިކްޓިމް ސަޕޯޓް ޔުނިޓް، އެމްޓީސީސީ އަދި ސްޓެލްކޯ އެވެ.
މި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ޖަބީން އެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުއާމަލާތް ކުރުމަށް މަގުފަހިވެގެން ދިއުމަކީ، މުޖުތަމައުގެ އެކިއެކި ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ނުކުޅެދޭ މީހުން ބައިވެރިކުރެވޭނެ މަގެއް ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ފަހަރުގެ ޕްރޮގްރާމް ކުރިޔަށް ގެންގިސްފައިވަނީ އޭޕްރިލް މަހުގެ ތިނަކުން 30 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް