ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގަވާ މައުމޫން ފައުންޑޭޝަނުން މަތީ ތައުލީމަށް ކިޔެވުމަށް ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
މިއަހަރު ހުޅުވާލާފައިވަނީ ކޯސް ފީގެ އެއްބައި ދައްކައިދޭ ސްކޮލާޝިޕް ތަކެކެވެ. އެއީ އިންޑިއާގެ، ބެންގަލޫރު، ގާޑަން ސިޓީ ޔުނިވާސިޓީގެ ކޯސްތަކެކެވެ.
އެ ފައުންޑޭޝަނުން ވަނީ ދިހަ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކަކީ ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗްލާ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަންގެ އިތުރުން ބެޗްލާ އިން ބަޔޯޓެކްނޮޖޮލީ އާއި ބަޔޯކެމިސްޓްރީ އާއި ޖެނެޓިކްސްގެ އިތުރުން ބެޗްލާ އޮފް ފިޒިއަތެރޮޕީ އާއި މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ފަހުގެ ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.
މިހާރުވެސް އެ ޔުނިވާސިޓީގައި އެ ފައުންޑޭޝަންގެ ހަރަދުގައި މަތީ ތައުލީމަށް ދަރިވަރުންތަކެއް ދަނީ ކިޔަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް