ރ. އުނގޫފާރުގައި ތިން މަހުގެ ތުއްތު އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އެ ހާދިސާ ހިނގީ މިއަދު މެންދުރު ފަހު އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ކުއްޖާ މަރުވީ ނިންދަވާފައި އޮއްވަ އެނދުން ވެއްޓިގެންނެވެ. ހާދިސާގައި މަރުވެފައިވަނީ އެ ރަށު ބީޗް ހެވަން، ސަލަމާ ބިންތު އަފްޒަލެވެ.
އުނގޫފާރު ކައުންސިލް މެމްބަރަކު ވިދާޅުވީ، އެ ކުއްޖާ މަރުވެފައި އޮތްކަން ކުއްޖާގެ މަންމަ އާއި ބައްޕަ އަށް އެނގުނީ ނިންދަވާފައި ބާއްވާފައި ދިޔަތާ 20 ވަރަކަށް މިނެޓު ފަހުން އައިސް ބަލާލުމުންނެވެ. އެ ކުއްޖާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި އެވެ.
ހާދިސާ ހިނގިކަމަށް ވަނީ އެ ކުއްޖާ ނިދާފައި އޮތް އެނދާއި ގޮދަޑިއާ ދޭތެރޭގައި ހުސްކޮށް އޮންނަ ދޭތެރެއަށް ވެއްޓި ނޭވާ ހާސްވެގެން ނެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާތީ އެ ކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް