ރާއްޖެއިން ގަތަރާއި އެކު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުން ކަނޑާލައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ގަތަރާއި އެކު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުން ކަނޑާލަން ނިންމީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅާ ދިއުމަށް ގަތަރުން ހިތްވަރުދޭތީ ކަމަށެވެ. ރާއްޖެއިން އަބަދުވެސް ތާއީދު ކުރަނީ ސުލްހަވެރިކަމަށް ކަމަށާއި ސުލްހަވެރިކަމާއި އެކު މަސައްކަތް ކުރާ ހުރިހާ ގައުމާއި އެކު ސިޔާސީ ގުޅުން ދަމަހައްޓާނެ ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭގެ އިތުރުން ފަސް ގައުމަކުން މިއަދު ވަނީ ގަތަރާއި އެކު އޮތް ސިޔާސީ ގުޅުން މެދުކަނޑާލާފއި އެވެ. އެއީ ސައުދީ އަރަބިއްޔާ، މިސްރު، ބަހްރެއިން، ޔޫއޭއީ އަދި ލީބިއާ އެވެ.
މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނަނީ ގަތަރުން ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވަމުން ކަމަށެވެ.
ރާއްޖެއާއި ގަތަރާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ މެއި 26، 1984 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް