މިދިޔަ އަހަރު ރައީސް އޮފީހާއި، ރިޔާސީ ގަނޑުވަރުން ހަރަދު ކޮށްފައިވަނީ ގަވައިދާ އެއްގޮތަށް

ރާއީސުލްޖުމްހޫރިއްޔާގެ އޮފހާއި ރިޔާސީ ގަނޑުވަރާއި ނައިބު ރައީސްގެ ގެ ކޮޅުގެ ހަރަދުތައް ބަލަހައްޓަވާފައިވަނީ މާލިއްޔަތި ގަވައިދާ އެއްގޮތަށް ކަމަށް އެތަންތަނުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. އޮޑިޓާ ޖެނ...

05 Jun 2017 | 09:34

ރާއީސުލްޖުމްހޫރިއްޔާގެ އޮފހާއި ރިޔާސީ ގަނޑުވަރާއި ނައިބު ރައީސްގެ ގެ ކޮޅުގެ ހަރަދުތައް ބަލަހައްޓަވާފައިވަނީ މާލިއްޔަތި ގަވައިދާ އެއްގޮތަށް ކަމަށް އެތަންތަނުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ މިއަދު އާންމު ކުރައްވާފައިވާ ރައީސް އޮފީހާއި، ރައީސް ދިރިއުޅުއްވާ ގެކޮޅާއި ނައިބު ރައީސް ދިރިއުޅުއްވާ ގެކޮޅުގެ އޮދިޓް ރިޕޯޓުގައި ބުނެފައިވަނީ އެ ތަންތަނުގައި މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކަމަށެވެ. އަދި ހަރަދު ކޮށްފައިވަނީ މަޖިލީހުން ފާސްކޮށްފައިވާ އެ ތަންތަނުގެ ބެޖޓުގެ މަގުސަދު ހާސިލްވާ ގޮތަށް ކަމަށެވެ.

ހަމަ އެކަނި އޮޑީޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވަނީ ރައީސާއި ނައިބު ރައީސް ދިރިއުޅުއްވާ ގެކޮޅުގެ ހަރު މުދާ ބެލެހެއްޓުމާއި ގުޅޭގޮތުން އޮތް ކަމެއް އެކަންޏެވެ. ރިޕޯޓުގައި ބުނެފައިވަނީ 2009 ވަނަ އަހަރުގެ ކުރީގެ ބައެއް މުދަލުގެ އަގާއި ކޯޑް ނަމްބަރުތައް ހަރުމުދަލުގެ ދަފްތަރުގައި ހިމެނިފައެއް ނުވެ އެވެ.

އެހެން ކަމުން އޮޑިޓާ ޖެނެރަލް ލަފާދެއްވާފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެދެތަނުގެ ހަރުމުދަލުގެ ދަފްތަރު އެކުލަވާލައި ބަލަހައްޓަމުން ދިޔުމަށެވެ.

މިއީ އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިތް ރިޕޯޓެއްގައި ފައިސާއާއި ހަރަދު ބެލެހެއްޓުމުގައި މައްސަލައެއް ނެތް ކަމަށް ފާހަގަކޮށްފައިވާ ފުރަތަމަ އޮޑިޓް ރިޕޯޓެވެ. މީގެ ކުރިން ނެރެފައިވާ މި ތަންތަނުގެ އޮޑިޓް ރިޕޯޓުތަކުގައި ވަނީ އެތައް މައްސަލައެއް ފާހަގަ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް