އައްޑޫ ސިޓީ ގަން ކަނޑަށް ޑިންގީއެއް ބަންޑުން ޖަހާލައި، އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަމުންދާ ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދުގެ ފޯނު ފެނިއްޖެ އެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ސުމައިދު ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި އޭނާގެ ފޯނު ފެނިފައިވަނީ ޑިންގީ ބަންޑުން ޖަހާލި ކަމަށް ބުނާ ސަރަހައްދުންނެވެ. އެމްއެންޑީއެފުން ބުނީ ސުމައިދުގެ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑު މަގުން ކުރަމުންދާ ކަމަށެވެ.
ސުމައިދު އާއި އެކު މަހަށް ދިޔަ ދެ މީހުންގެ ތެރެއިން އެކަކު މީޑީއާގައި ބުނެފައިވަނީ ރާޅެއް ޖަހައި ޑިންގީ ބަންޑުން ޖަހާލުމުން އެމީހުން ފަތާފައި ގޮސް އެރީ އެތާ ކައިރީ އޮތް ފަޅުރަށަކަށް ކަމަށެވެ. އަދި އޭރު އިރު ނުއޮއްސޭ ކަމަށާއި، ދެން ހުރި މީހާ، ސުމައިދު ފަތަމުން އަންނަ ކަމަށް ބުނި ކަމަށެވެ.
ސުމައިދު ގެއްލުނު ކަމަށް ބެލެވެނީ އެ ފަޅުރަށް ކައިރިންނެވެ. ފޯނުގެ އިތުރުން ސުމައިދު ގެންގުޅުނު މަސްބާނާ ދޮށި ހަމަ އެ ސަރަހައްދުން އާއިލާ މީހަކަށް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް