ލޯބިވެރިޔާއާ ފޯނުން ވާހަކަދައްކަމުން ލޯބިވެރިޔާގެ ގައިގާ ބައްދާލަން ބޭނުންހެއްޔެވެ؟ ގާތް ތިމާގެ މީހުންނާ ވާހަކަދައްކާއިރު ލޯބިން "ހަގެއް" ދޭން ބޭނުން ހެއްޔެވެ. ޖަޕާނު ކުންފުންޏަކުން މިކަމަށް ހައްލު ހޯދައިފި އެވެ. ބައްދާލައިގެން ހުރެ ފޯނުކުރެވޭ ޑިވައިސް އެއް ޖަޕާނު ކުންފުންޏަކުން އުފައްދައިފި އެވެ.
"ހަގްވީ" ނަމަކަށްކިޔާ މި ޑިވައިސް އުފެއްދި ކުންފުނިން ބުނީ މިއީ މޮޅު އީޖާދެއް ކަމަށާއި ގުޅާލައިގެން ދެލޯ މަރާލައިގެން ބައްދާލައިގެން ހުރެ ފޯނުން ވާހަކަ ދައްކާއިރު އިންސާނެއްގެ ގައިގާ ބައްދާލައިގެން ހުރެވޭ ކަހަލަ އިހުސާސެއް ކުރެވޭނެ ކަމަށާއި މި އީޖާދު އުފައްދާފައިވާނީ އިންސާނާގެ މަހާއި ހަމުގެ ދިރާސާތަކެއް ކުރުމަށްފަހުގައި ކަމަށެވެ.
ހަގްވީ ބޭނުންކުރާނަމަ ޖެހެނީ ގުޅަން ބޭނުންވާ ފަރާތަށް ގުޅުމަށްފަހު އޭގެ ބޮލުގައި އިންނަ ޖީބަކަށް ފޯނު ލާށެވެ. އަދި ވާހަކަ ދައްކަން ފެށުމަށްފަހު ބައްދާލާށެވެ.
ޖަޕާނުގެ މާކެޓަށް ހަގްވީ ނިކުންނައިރު ހަގްވީއެއްގެ އަގު އުޅޭނީ 80 ޑޮލަރަށް ކަމަށާއި ސެޕްޓެމްބަރު މަހުން ފެށިގެން އާންމުކޮށް ގަންނަން ލިބޭނެ ކަމަށްވެސް ހަގްވީ އުފެއްދި ކުންފުނިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް