އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހައްޔަރުކުރި މައްސަލަ އެޗްއާރުސީއެމް އަށް ހުށަހަޅައިފި

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު، ފުލުހުން ހައްޔަރުކުރި މައްސަލަ އެމްޑީޕީ އިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ. އެމްޑީން ބުނީ އެ މައްސަލަ ރާއްޖޭގެ އިންސާނީ ހައްގު...

05 Jun 2015 | 14:31

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު، ފުލުހުން ހައްޔަރުކުރި މައްސަލަ އެމްޑީޕީ އިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެމްޑީން ބުނީ އެ މައްސަލަ ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ހުށަހެޅީ އިއްޔެ ކަމަށެވެ.

އެމްޑީޕީން ބުނަނީ ފުލުހުން އަންސް ހައްޔަރުކުރީ މެއި މަހުގެ 25 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އަނަސްގެ އަނބިކަނބަލުން ޑޮކްޓަރަށް ދެއްކުމަށް އޭ.ޑީ.ކޭ ހޮސްޕިޓަލްގައި އުޅުނު ވަގުތެއްގައި ގަދަކަމުން ފުލުހުންގެ ކާރަށް އަރުވައިގެން ގެންގޮސް ކަމަށެވެ.

ނަމަވެސް އެ ދުވަހު އަނަސް ހައްޔަރުކުރިން ފުލުހުން ދޮގޮ ކުރެ އެވެ. ފުލުހުން ބުނަނީ އަނަސް ހައްޔަރުކުރީކީ ނޫން ކަމަށާއި އެދުވަހު ފުލުހުންގެ މައި އިދާރާއަށް އަނަސް ހާޒިރުކުރީ މައުލޫމާތެއް ސާފުކުރަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް