ރާއްޖޭގައިވެސް މެގީ ނޫޑްލްސް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

އަވަށްޓެރި އިންޑިއާގެ ބައެއް ސަރަހައްދު ތަކުގައި މެގީ ނޫޑްލްސް ވިއްކުން މަނާކޮށްފައިވާއިރު ރާއްޖޭގައި ވެސް މެގީ ނޫޑްލްސް ވިއްކުން މަނާކޮށްފި އެވެ. މިކަމާބެހޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރި...

05 Jun 2015 | 13:15

އަވަށްޓެރި އިންޑިއާގެ ބައެއް ސަރަހައްދު ތަކުގައި މެގީ ނޫޑްލްސް ވިއްކުން މަނާކޮށްފައިވާއިރު ރާއްޖޭގައި ވެސް މެގީ ނޫޑްލްސް ވިއްކުން މަނާކޮށްފި އެވެ.

މިކަމާބެހޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެގީ ނޫޑްލްސްގައި ސިއްހަތައް ނުރައްކާވާ މިންވަރަށް "ލެޑް" އަދި މޮނޯ ސޯޑިއަމް ގްލުޓަމޭޓް" ފާހަގަ ކުރެވިގެން ބައެއް ގައުމުތަކުން މި ޕްރޮޑަކްޓް ތަހުލީލުކޮށް ބާޒާރުން ނަގަމުންދާތީ މިކަން ބެލުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

އަދި މި ޕްރޮޑަކްޓްގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުމެއް ވެދާނެ ކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ތަހުލީލުގެ ނަތީޖާލިބި ވަކި ގޮތަކަށް ކަނޑައަޅަންދެން މެގީ ނޫޑްލްސް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ދަންނަވާކަމަށްވެސް އެ އޮތޯރިޓީގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް