ފްރާންސްގެ އަވަށެއްގައި އަލަށް ހެދި މަގަކަށް ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތުގެ ނަން ދިނުމަށް އެ އަވަށުގެ މުނިސިޕަލް ކައުންސިލުން ނިންމައިފި އެވެ.
އަލަށް ހެދި މަގަކަށް ޔާސިރު އަރަފާތުގެ ނަން ދޭން ނިންމީ އެ އަވަށުގެ ރަށްވެހީން އެކުލަވާލި ކޮމިޓީއަކުންނެވެ.
އެ ނިންމުމާމެދު ގިނަ ބަޔަކު ފާޑުކިޔުން އަމާޒު ކުރަމުން އަންނައިރު އެ އަވަށުގެ މޭޔަރު ބުނެފައިވަނީ އެއީ ރައްޔިތުންގެ ނިންމުން ކަމަށާއި އެ ނިންމުމަކީ ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ.
އަދި އެ އަވަށާ އިންވެގެން އޮންނަ އަވަށެއްގެ މަގަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރުގެ ނަންވެސް ދީފައިވާކަމަށާއި އެހެންކަމުން ޔާސިރު އަރަފާތުގެ ނަން ދިނުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށް އެ އަވަށުގެ މޭޔަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް