މެލޭޝިއާއަށް 6 މެގްނެޓިއުޑްގެ ބިންހެލުމެއް

މެލޭޝިއާގެ ސަބާހް ސްޓޭޓްގެ ރަށެއް ކަމަށްވާ ބޯނިއޯ އަށް މިއަދު ހެނދުނުގެ ވަގުތެއްގައި 6 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ޖެއޮޖިކަލް ސާވޭއިން ބުނެފި އެވެ. މި ބިންހެލުމ...

05 Jun 2015 | 06:13

މެލޭޝިއާގެ ސަބާހް ސްޓޭޓްގެ ރަށެއް ކަމަށްވާ ބޯނިއޯ އަށް މިއަދު ހެނދުނުގެ ވަގުތެއްގައި 6 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ޖެއޮޖިކަލް ސާވޭއިން ބުނެފި އެވެ.

މި ބިންހެލުމުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި މި ބިންހެލުމާ ގުޅިގެން ސުނާމީ އެލާޓްވެސް ނެރެފައެއް ނުވެ އެވެ.

އެމެރިކާގެ ޖެއޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައީ 10 ކިލޯމީޓަރު އަޑިން ކަމަށާއި ރަނާއު ސްޓޭޓާ 19 ކިލޯ މީޓަރު ދުރުން ކަމަށެވެ. އަދި ސްޓޭޓްގެ ވެރިރަށް ކޯޓާ ކިނަބަލޫ އާ 54 ކިލޯމީޓަރު ދުރުން ކަމަށެވެ.

މެލޭޝިއާއަކީ ވަރަށް މަދުން ނޫނީ ބިންހެލުން ފަދަ ކާރިސާތައް ދިމާނުވާ ގައުމަކަށްވާއިރު މިއަދުގެ ބިންހެލުމުގައި ބައެއް މަގުތައް ހަލާކުވި ކަމަށްބުނެ ސޯޝަލް މީޑީއާގައި ބައެއް ފަރާތްތަކުން އަންނަނީ ފޮޓޯތައް ދައުރުކުރަމުންނެވެ. ނަމަވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ ބިންހެލުމުގެ މާ ބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް