މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފި

މާލޭގައި މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ 08:35 ހާއިރު ސަބުދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނ...

05 May 2025 | 17:27

މާލޭގައި މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ 08:35 ހާއިރު ސަބުދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލަދީ ޒަޚަމްކޮށްލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

"ޒަޚަމްވެފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް" ފުލުހުން ބުނެފައިވެއެވެ.

މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނޫންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި ހަމަ އެހެންމެ އެ މީހާއަށް ފަރުވާއެއް ދިންކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް