ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެދާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެދާނެކަމުގައި މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ. މެޓުން މިހެން ބުނެފައިވަނީ މިއަދު ...

05 May 2025 | 13:45

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެދާނެކަމުގައި މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.

މެޓުން މިހެން ބުނެފައިވަނީ މިއަދު އެ އިދާރާއިން ނެރުނު "މޫސުމާއިބެހޭ ޚަބަރު" ގައެވެ.

މޫސުމާއިބެހޭ އެ ޚަބަރުގައި މެޓުން ބުނެފައިވަނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގުމޫސުން ފެށެންދާ ދުވަސްވަރުކަމުން، ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭކަމަށާއި ވޭތުވެދިޔަ 24 ގަޑިއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށްފައިވާކަމަށެވެ.

"ކުރިއަށް އޮތް ތިން ދުވަހު (6 – 8 މެއި)، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭއިރު ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް، އަދި ބައެއް ހިސާބުތަކުގައި އާންމުވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަން" މެޓުން ބުނެފައިވެއެވެ.

މެޓުން އިތުރަށް ބުނެފައިވަނީ އެހެންކަމުން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރުމަށް ސަމާލުވެލެއްވުމަށް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް