ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ދޫކޮށްލައިފި

ހ. ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ދޫކޮށްލައިފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ އެ ރަށުގައި ސިހުރު ހާހޫރ...

05 May 2025 | 13:27

ހ. ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ދޫކޮށްލައިފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ އެ ރަށުގައި ސިހުރު ހާހޫރު ހަދާކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން މިއަދު ހެނދުނު 07:00 އިން ފެށިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނުގައި އެ ރަށުގެ އަށް ތަނެއް ބަލައި ފާސްކޮށް މައްސަލައާއި ގުޅުންހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ.

"މި މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު އެމީހުންވަނީ ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.

އެމީހުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް