މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ، މެއި 4 ވަނަ ދުވަހުގެ ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (41އ) އެ ވަގުތުހުރީ މަސްތުގެ ހާލަތުގައިގަން ދެނެގަނެވިފައިވާކަމަށާއި، އެހެންކަމުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެެއް ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް