ހައްޖު ހުއްދަ ނެތި ބަހެއްގެ ލަގެޖު ކޮމްޕާޓްމަންޓްގައި ހަތަރު އަންހެނަކު މައްކާއަށް ވައްދަން މަސައްކަތްކުރި މީހަކު ހައްޔަރު

ޙައްޖު ޕާމިޓް (ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ) ނެތި މައްކާއަށް ހަތަރު އަންހެނަކު އެތެރެކުރަން އުޅުނު މީހަކު އިއްޔެ ހައްޔަރުކޮށްފައިވާކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ. ސައޫދީ ގެޒެޓުގެ އިއ...

05 May 2025 | 04:43

ޙައްޖު ޕާމިޓް (ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ) ނެތި މައްކާއަށް ހަތަރު އަންހެނަކު އެތެރެކުރަން އުޅުނު މީހަކު އިއްޔެ ހައްޔަރުކޮށްފައިވާކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައޫދީ ގެޒެޓުގެ އިއްޔެގެ ޢަދަދުގައި ބުނެފައިވާގޮތުގައި މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގާނާއަށް ގާނާއަށް ނިސްބަތްވާ ފިރިހެނެކެވެ.

އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ދުއްވި ބަހެއްގެ ލަގެޖް ކޮމްޕާޓްމަންޓްގައި ހަތަރު އަންހެނަކު ފޮރުވައިގެން މައްކާއަށް އެތެރެވާން މަސައްކަތް ކުރަނިކޮށް ކަމަށް ބުނެފައިވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 29 އިން ފެށިގެން މައްކާއަށް އެތެރެވެވޭނީ ހަމަ އެކަނި ހައްޖު ހުއްދަ އޮންނަ ފަރާތްތަކަށް ކަމުގައި ސައޫދީ އަރަބިއްޔާއިން ނިންމައި އެކަން އިޢުލާނުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް