ދިރާސީ އާ އަހަރު: ރަށްރަށުން މާލޭ ސްކޫލުތަކަށް ބަދަލުވުމަށް ހުށަހަޅާފައިވާ އަދަދު 800 އާއި ގާތްކުރޭ

ދިރާސީ އާ އަހަރަށް ރަށްރަށުން މާލޭ ސްކޫލުތަކަށް ބަދަލުވާން ހުށަހަޅާފައިވާ އަދަދު މިހާތަނަށް 790 އަށް އަރާފައިވާކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ދިރާސީ...

05 May 2024 | 16:56

ދިރާސީ އާ އަހަރަށް ރަށްރަށުން މާލޭ ސްކޫލުތަކަށް ބަދަލުވާން ހުށަހަޅާފައިވާ އަދަދު މިހާތަނަށް 790 އަށް އަރާފައިވާކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ދިރާސީ އާ އަހަރަށް މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމށް ފޯމު ހުށަހަޅާފައިވާ ގޮތުގެ އަދާހަމަ މިއަދު ހާމަކުރަމުންނެވެ.

އެ އަދާހަމައިގާވޮތުގައި މިހާތަނަށް މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވެއްދުމަށް 2290 ފޯމު ހުށަހަޅާފައިވެއެވެ. ގްރޭޑް އެކެއް ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމު ހުށަހަޅާފައިވެއެވެ. އަދި އަތޮޅު ތެރޭގެ ސްކޫލުތަކުން މާލޭ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމު ހުށަހަޅާފައިވާއިރު މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް 660 ފޯމު ހުށަހަޅާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 07 މެއިގެ މެންދުރު 02:00ގެ ކުރިންނެވެ. 7 މެއި ގެ ނިޔަލަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްގެ ޖަވާބު 13 މެއިގެ ކުރިން ފޮނުވޭނެކަމުގައިވެސް އެޑިއުކޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް