ފަޓުލޫނު ތެރެއަށް ހަރުފަތަކެއް ލައިގެން ދަތުރުކުރަން އުޅުނު ޕަސިންޖަރަކު މަޔާމީން އަތުލައިގެންފި

ކުޑަ ފޮތި ކޮތަޅެއްގައި ފަޓުލޫނުތެރެއަށްލައިގެން ކުދި ހަރުފަތަކެއް ސްމަގްލް ކުރަން އުޅުނު ޕަސިންޖަރަކު މަޔާމީ އެއާޕޯޓުން އަތުލައިގެންފިއެވެ. އެމެރިކާގެ ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން އެކް...

05 May 2024 | 16:07

ކުޑަ ފޮތި ކޮތަޅެއްގައި ފަޓުލޫނުތެރެއަށްލައިގެން ކުދި ހަރުފަތަކެއް ސްމަގްލް ކުރަން އުޅުނު ޕަސިންޖަރަކު މަޔާމީ އެއާޕޯޓުން އަތުލައިގެންފިއެވެ.

އެމެރިކާގެ ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރަން އުޅުނު ޕަސިންޖަރެއްގެ ފަޓުލޫނުގެ ތެރެއިން ފެނުނު ކުޑަ، ފޮތި ކޮތަޅެއްގެ ތެރެއިން ކުދި ހަރުފަތަކެއް ފެނިފައިވާކަމަށާއި އެމީހާ ހުއްޓުވައި ކުދި އެ ހަރުފަތައް ފްލޮރިޑާގެ ފިޝް އެންޑް ވައިލްޑްލައިފް ކޮންޒަވޭޝަން ކޮމިޝަނާ ހަވާލުކޮށްފައިވާކަމަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އެމީހާ ކުދި ހަރުފަތައް ސްމަގްލް ކުރަން ބޭނުންކުރީ އައިނެއްގެ ފޮތި ކޮތަޅެއް ކަމަށް ބެލެވެއެވެ. މި ހާދިސާއާއި ގުޅިގެން ޕަސިންޖަރާއިމެދު އަމަލުކުރި ގޮތެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް