މެޓުން ބުނަނީ މިރޭ މޫސުން ތަންކޮޅެއް ގޯސްވެދާނެކަމަށް އަދި މެދުރާއްޖޭގެ ރަށްތަކަށް އުދައިގެ އަސަރުވެސް ކޮށްފާނެކަމަށް

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ މިރޭ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި އަދި މެދުރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފާނެކަމަށް ބެލެވޭތީ އެކަންކަމަށް ސަމާލުވުމަށް މެޓުން އިލްތ...

05 May 2024 | 12:45

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ މިރޭ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި އަދި މެދުރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފާނެކަމަށް ބެލެވޭތީ އެކަންކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަންކަމަށް އިލްތިމާސްކޮށްފައިވަނީ މިރޭގެ މޫސުން ލަފާކޮށް އާންމުކޮށްފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމުގައި ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިރޭ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށާއި އަދި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް