ދިވެހި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ބިދޭސީން ގެނެސްދިނުމާއި ގެންނަ އަދި ތިބި ބިދޭސީންނާއި ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ އެކަމަށް ޝައުޤުވެރިވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި ބީލަމުގައި ރަޖިސްޓްރީ ވެވޭނެ ސުންގަޑިއަކީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 02:00 ކަމަށެވެ.
ބީލަމުގެ އިންފޮމޭޝަން ޝީޓުގައިވާގޮތުން އެ ފަރާތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ޑަކުޓަރުންނާއި ނަރުހުން ރާއްޖެ ގެނައުމަށްފަހު ރަޖިސްޓްރީ ކުރަންޖެހޭ ސަރުކާރުގެ އިދާރާތަކުގައި ރަޖިސްޓްރީ ކުރުމަށްފަހު ފުލުހުންނާއި ހަވާލު ކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭނުމަށް ގެންނަން ބޭނުންވާ ކޮލިފިކޭޝަނާއި ތަޖުރިބާ ހުރި މީހުން ގެނައުމާއި ގެންނަ ފަރާތްތަކާއި އަދި މިހާރު ތިބި ފަރާތްތަކުގެ ވޯކްޕާމިޓާއި އެފަދަ އިދާރީ ބައެއް ކަންކަން ކުރުން ހިމެނެއެވެ.
އެ އިއުލާނުގައިވާގޮތުން އެ ޕްރޮޖެކްޓާއި ގުޅިގެން ޕްރީ ބިޑް ބައްދަލުވުމެއް ނޯންނާނެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ 02:00ގައި އަމީނީމަގު އިސްކަންދަރު ކޮށި އެކެއްގައެވެ.
ގެޒެޓުގެ ލިންކް:https://www.gazette.gov.mv/iulaan/288262
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް