ކުޅުދުއްފުށި ސިޓީ ގެއެއްގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ "ގޮންބުލިމާގެ" ގައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފައިވާގޮތުގައި އެ ގޭގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ނިއްވާލާފައެވެ.
"ރޯވިކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައި، މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 10:40 ހާއިރު" އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވާގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް