ހަނގުރާމަ ހުއްޓާލައި ފަލަޞްޠީނުގެ މިނިވަން ދަޢުލަތް ޤާއިމުކުރުމަށް އޯއައިސީ ސަމިޓުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.
ގަމްބިޔާގައި ބޭއްވުނު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 15 ވަނަ ސަމިޓްގައި ރާއްޖޭގެ މަންދޫބެއްގެ ގޮތުން ޑރ.ޝަހީމް ވަނީ ބައިވެވަޑައިގެންފައެވެ.
މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ، މުސްލިމު އުންމަތް ސަމިޓްގައި ވާހަކަފުޅު ދައްކަމތަކަށް ލިބެމުންދާ އަނިޔާއާއި ދެކޮޅަށް މުސްލިމު ގައުމު ތަކުން ނިކުންނަން ޖެހޭ ކަމަށެވެ.
ޑރ.ޝަހީމް ވިދާޅުވީ، ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ފަލަސްތީނަށް ތާއިދު ކުރައްވާ، ހަނގުރާމަ ހުއްޓުމަށް ގޮވާލާ އެތަށް ހާސް ބައެކެވެ. އިސްރާއިލް މިކަމަށް ޖަވާބުދާރީކޮށް ފަލަސްތީނު ރައްޔިތުންގެ ހިތާމައަށް ނިމުމެއް ގެނައުމަށް އިތުރަށް މަސައްކަތް ކުރަތާމައަށް ނިމުމެއް ގެނައުމަށް އަން ޖެހޭ ކަމުގައި ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިޔަންމާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތައް ފާހަގަކުރައްވާ ޑރ ޝަހީމް ވިދާޅުވީ މިޔަންމާ ސަރުކާރުން މިކަމުގެ ދިފާއުގައި ފިޔަވަޅެއް އެޅުމަށް އަވަސްވެ ގަންނަން ޖެހޭކަމަށެވެ.
ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެނީ މުސްލިމު ގައުމުތަކާއި ހަރުދަނާ ގުމު ގައުމުތަކާއި ގުޅުންން ނީ މުޅުން ބައިނަލްއަގްވާމީ ފެންވަރަށް ޤާއިމް ކުރަން ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.
އެގޮތުން ފަލަސްތީނަށް އދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ރާއްޖެއިން ދެމި އޮންނާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އދ އިން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ލިބުމަކީ މި ސަރަހައްދުގައި ދެމިހެއްޓެނިވި ސުލްހައެއް ގާއިމްކުރުމުގެ ފެށުން ކަމުގައި ޑރ. ޝަހީމް ގަބޫލު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް