ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާއްމު އިޖްތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ވީޑިއޯއާއި ފޮޓޯތައް އަޕްލޯޑްކުރަމުންދިޔަ މައްސަލައިގާ ހައްޔަރުކުރި މުހައްމަދު ނަބީލް (ޔާޔާ)ގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.
އޭނާ ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. އެގޮތުން ފުލުހުން ރޭގައި ބުނެފައިވަނީ އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް ނިވާކަންކުޑަ، އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިޢުކުރަމުންދިޔަ 39 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް