މާލެއިން ފުރައިގެން ދަތުރުކުރަމުންދަނިކޮށް ފަރަކަށް އުރުނު ބޯޓަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ މާލެއިން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދަނިކޮށް ފަރަކަށް އުރުނު "ރޯޝަނީ" ބޯޓަށެވެ.
އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގިއިރު އެ ބޯޓު ދަތުރުކުރަމުންދިޔައީ 16 މީހުންނާއެކު އަދި މުދާވެސް ބަރުކޮށްގެންނެވެ.
އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމުގައިވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް