އައްޑޫ ސިޓީގައި ގެއްލިގެން ހޯދި ހަ އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ދުވަހަށް" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އެ ކުއްޖާ އަކީ ފޭދު ޓްރެކް ސަރަހައްދުގައި ހުރި ރެސްޓޯރެންޓަކަށް އާއިލާއެކު ދިޔަ ކުޑަ ކުއްޖެއް ކަމަށެވެ.
އަދި އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު ތެރޭގައި އޮތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނީ 5:50 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފޭދޫ ޓްރެކަށް ގެނބުނީ ހަ އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް ފުރަތަމަ ފަރުވާދެމުން ދިޔައީ ފޭދޫ ސިއްހީ މަރުކަޒުގައެވެ.
މީގެ އިތުރުން މަރުކަޒުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންދިޔައިރުވެސް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ހަމައެހެންމެ މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް