ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

ފުލުހުންގެ މެދު ދެކުނު އޭރިއާގައި ހިމެނޭ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ޓީޗަރަކު ހައްޔަރުކޮށްފިއެވެ. މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ އޭރިއާގައި ހިމެނޭ ރަށ...

05 May 2023 | 13:21

ފުލުހުންގެ މެދު ދެކުނު އޭރިއާގައި ހިމެނޭ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ޓީޗަރަކު ހައްޔަރުކޮށްފިއެވެ.

މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ އޭރިއާގައި ހިމެނޭ ރަށެއްގައި ކުޑަ ކުދިންތަކަކށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ކަމަށާއި މި މަހުގެ ދެވަނަ ދުވަހު މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް