ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އެސްޓީއޯ އިން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެސްޓީއޯ އިން ބުނީ "ކްރިއޭޓް ޔޯ ޑްރީމްސް ވިތް އެސްޓީއޯ"ގެ ނަމުގައި ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ބާއްވަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯއިން ބުނީ މި މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ ތިން އުމުރުފުރާ އަކަށް ކަމަށެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ 6 އަހަރުން ދަށް، 7 އަހާރާއި 11 އަހާރާއި ދެމެދުގެ އުމުރުފުރާ އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރު ފުރާއެވެ.
އަދި މިއިން ކޮންމެ އުމުރުފުރާ އަކުންވެސް އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވައި އަގު ހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.
އެސްޓީއޯ އިން ބުނީ މުބާރާތުގައި 3 ތީމެއް ވަނީ ކަނޑައަޅާފައި ކަމަށެވެ. އެއީ "ޔޯ ޑްރީމް ބްރެކްފާސްޓް މޮމެންޓް" ، "ޑިޒައިން ޔޯރ ޑްރީމް ހައުސް" އަދި "ހެލްތީ ލައިފް ސްޓައިލް" އެވެ.
މީގެ އިތުރުން އެސްޓީއޯ އިން ބުނީ ކުރެހުންތަކުގައި އެސްޓީއޯގެ ޕްރޮޑަކްޓެއް ހިމަނަން ވާނެ ކަމަށެވެ.
މުބާރާތުގައި ބައިވެރި ކުރާ ކުރެހުންތައް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އަށް [email protected] މެއިލް ކުރަން ޖެހޭ ކަމަށާއި މެއިލް ކުރާނީ ކުރެހުމުގެ ނަމާއި، ކުރެހި ދަރިވަރުގެ މައުލޫމާތާއި ގުޅޭނެ ނަންބަރު ހިމަނާފައި ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.
އެސްޓީއޯ އިން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ އުސޫލު އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް