ޔާމީންގެ ފުރަތަމަ ސިޔާސީ ޓުވީޓު، މާރާމާރީތަކާއި ގުޅުވައި ފުލުހުންނަށް ބޮޑު ތުހުމަތެއް!

މިހާރު ހިންގަމުންދާ ގްރޫޕު މާރާމާރީތަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންނަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ. މި ތުހުމަތު ކުރެއްވީ ރޭ އަލަށް ސޯޝަލް މީޑިއާނެޓްވޯކް ޓުވިޓާ އާއި ގުޅިވަޑ...

05 May 2022 | 18:09

މިހާރު ހިންގަމުންދާ ގްރޫޕު މާރާމާރީތަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންނަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

މި ތުހުމަތު ކުރެއްވީ ރޭ އަލަށް ސޯޝަލް މީޑިއާނެޓްވޯކް ޓުވިޓާ އާއި ގުޅިވަޑައިގެންނެވުމަށް ފަހު މިރޭ ކުރެއްވި ފުރަތަމަ ސިޔާސީ ޓުވީޓުގައި އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޔާމީން ޓުވިޓާ އާއި ގުޅިވަޑައިގެންނެވީ މިގޮތަށް ފާޅުގައި މިނިވަން ކަމާއި އެކު ހިޔާލުފާޅު ކުރެއްވުމަށެވެ.

ޔާމީންގެ ޓުވީޓުގައި ވިދާޅުވީ ދުވަސްތަކަކަށް ފަހު އަނެއްކާވެސް އަނިޔާވެރި ވަޅި ޖެހުމުގެ ހާދިސާތަކާއި ކުށްތައް ކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވަނީ މާރާމާރީތައް އިތުރުވެ އެފަދަ ހާދިސާތައް ހިނަގަނީ ފުލުހުންގެ ފަރުވާކުޑަކަމުންތޯ ނުވަތަ ފުލުހުންގެ އެއްބާރުލުމާއި އެކީތޯ ސުވާލު ކުރައްވާފަ އެވެ. މި ޓުވީޓާއި އެކު ޔާމީން ވަނީ ހެވިފައި އިން އިމޯޖީއެއްވެސް ހިމަނާފަ އެވެ.

https://twitter.com/prz_ymn/status/1522234229228146688

މާލޭގައި ރޯދައިގެ ފަހުން ގްރޫޕް މާރާމާރީ އިތުރުވެފައިވާއިރު މައްސަލަތަކުގައި މިހާތަނަށް ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. އަދި ހަތް މީހަކު ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.

މާރާމާރީތައް މިހާތަނަށް ހިންގާފައިވަނީ މާލެ އާއި ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އެވެ. މި މާރާމާރީތަކާއި ގުޅިގެން އަނިޔާވި ފަސް މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް