ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭގެ ކުރިޔަށް ހުރި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ މޫސުން އިތުރަށް ގޯސްވެފައިވާތީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށް ވައިޓް އެލާޓު ނެރެފަ އެވެ. އެ ލާޓުގެ މުއްދަތު ހަމަވާނީ މިރޭ ދަންވަރު2:00 ގައި އެވެ.
މެޓް އޮފީހުން ބުނީ އެލާޓު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
އާންމުގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އެކަމަކު ވިލާގަނޑުގައި45 މޭލަށް ވައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
މެޓް އޮފީހުން މީގެ ކުރިން ބުނެފައިވަނީ މި ހަފްތާ ނިމެންދެން މިހާރު ކުރަމުންދާ ވިއްސާރަ ކުރާނެ ކަމަށެވެ.
އެހެންވެ އެ އިދާރާ އާއި އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ މޫސުމަށް ސަމާލުވެ ކަނޑު ދަތުރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް