ރޭ ހެންވޭރު މުތީ ގޯޅިންވެސް ހަތަރު މީހަކު ހައްޔަރުކުރިކަމަށް ފުލުހުން ބުނެފިއެވެ.
ދުވަހަށް މައުލުމާތުދެމުން ފުލުހުން ބުނީ ރޭ ސޯސަންމަގ ސިޓީ ބޭކަަރީ ކައިރީގައި ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ދެ ފިރިހެނެކެވެ. މި މީހުންގެ ބަންދަށްވެސް މިހާރު ކޯޓު މެދުވެރިކޮށް ވަނީ މުއްދަތު ޖަހާފައެވެ.
އެގޮތުން ދެމީހެއްގެ ބަންދަށް 15 ދުވަސް އަދި ދެމީހެއްގެ ބަންދަށް 10 ދުވަސް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ޢީދު ދުވަހުގެ ފަތިހު މާރާމާރީއެއް އެ ދުވަހުގެ ހެނދުނު މާރާމާރީއެއް ރޭގައި ދެ މާރާމާރީއެއް ހިންގާފައިވެއެވެ. މި މާރާމާރީތަކާއި ގުޅިގެން މިހާތަނަށް ހުޅުމާލެއިން ފަސް މީހަކު މާލެއިން ރޭގައި ހަތަރު މީހަކު އަދި އިތުރު ދެމީހަކުވެސް ހައްޔަރުކޮށްފައިވެއެވެ. މި މާރާމާރީތަކުގައި ހަ މީހަކު ޒަހަމްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް