ފައްޔާޒުހާ ހިންގުންތެރި މީހަކު ނުލިބޭނެ: ނައީމައްތަ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒުހާ ހިންގުންތެރި މީހަކު ނުލިބޭނެކަމަށް އެ ޕާޓީގެ މަޝްހޫރު އެކްޓިވިސްޓު ނައީމާ މުހައްމަދު ނައީމައްތަ ބުނެފިއެވެ. ނައީމައްތަ މިހެން ބުނެފައިވަނީ ފައްޔާޒް އިސްމާއިލްގެ...

05 May 2022 | 15:16

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒުހާ ހިންގުންތެރި މީހަކު ނުލިބޭނެކަމަށް އެ ޕާޓީގެ މަޝްހޫރު އެކްޓިވިސްޓު ނައީމާ މުހައްމަދު ނައީމައްތަ ބުނެފިއެވެ.

ނައީމައްތަ މިހެން ބުނެފައިވަނީ ފައްޔާޒް އިސްމާއިލްގެ ކެމްޕޭނަށް ލ. ގަމުގައި މިހާރު ކުރިއަށްދާ ހަރަކާތެއްގައި ވާހަކަ ދައްކަމުންނެވެ.

https://twitter.com/NihuRiza/status/1522141238496874497?ref_src=twsrc%5Etfw

ނައީމައްތަ ބުނެފައިވަނީ އިންތިއަކީވެސް ގޯސް މީހެއް ނޫން ކަމަށާއި ނަމަވެސް ފައްޔާޒުހާ ހިންގުންތެރި މީހަކު ނުލިބޭނެ ކަމަށެވެ. މީގެ އިތުރުން މި އިންތިހާބު 90 އިންސައްތައިން ފަސޭހަކަމާއެކު ފައްޔާޒް ކާމިޔާބުކުރާނެކަމުގައިވެސް ނައީމައްތަ ބުނެފައިވެއެވެ.

މި މަހުގެ 14 ވަނަ ދުވަހު އޮންނަ މި އިންތިހާބުގެ ފޯރި ވަރަށް ގަދަވެފައިވާއިރު އެމްޑީޕީގެ އިސް ގިނަ ފަރާތްތަކުން އަންނަނީ ފައްޔާޒާއި ހިންގާލަން ޓީމް އެންޑޯޒް ކުރަމުންެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް