ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންޒާރުދިންކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލަ އާއި ފޭސްބުކް ޕޯސްޓެއްގެ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ހާމަކޮށްފިއެވެ.
އެގޮތުން މިރޭ މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ކުރީގެ ރައީސް ޔާމީނަށް އިންޒާރު ދީފައިވާކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް މޭ ދެވަނަ ދުވަހު ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ މެއި ތިންވަނަ ދުވަހު ސިޓީއަކުން ހުށަހަޅާފައިވާކަމަށެވެ.
"މި ސިޓީތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަތައް ބަލަމުން އަންނަކަން ފުލުހުން ހާމަކޮށްފައިވާއިރު މޯލްޑިވްސް ޔޫތު ފޯސް ނަމުގައި ފަށާފައިވާ ހަރަކާތަކުން ބޭނުންކުރާ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ ރައީސް ޔާމީން ސައިޒުކޮށްލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް