ޢީދު ދުވަހުގެ ހެނދުނު މާލޭގައި ހިންގި މާރާމާރީއާއި ގުޅިގެންވެސް ދެމީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އުނިމާގޭ، އުމުރުން 18 އަހަރުގެ ހަސަން ޒިޔަން އިބްރާހިމްގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެއް ކަމަށެވެ.
ޖަނަވަރީ މަގުގައި ހިންގި އެ މާރާމާރީގައި ދެ މީހަކު ޒަހަމްކޮށްލާފައިވެއެވެ. ހަަމަ އެ ދުވަހުގެ ފަތިހު ހިނގި އިތުރު މާރާމާރީއެއްްގައިވެސް ދެމީހަކު ޒަހަމްކޮށްލާފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކުރި މީހާއާއި ކުޑަކުއްޖާގެ ބަންދަށް ކޯޓުން މިހާރު ވަނީ މުއްދަތު ޖަހައިދީފައެވެ. އެގޮތުން ތަހުގީގު ނިމެންދެން ޒިޔާން ބަންދުކުރަން ކްރިމިނަލް ކޯޓުން މުއްދަތު ދީފައިވާއިރު ކުޑަކުއްޖާ ބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް