ތ. ދިޔަމިގިލީގައި އެ ރަށުގެ މުދިމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގާ ހައްޔަރުކުރި ހަސަން ސާމިދަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނީ ސާމިދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ މަހުގެ28 ވަނަ ދުވަހު ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 15-25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އޭނާ ހުރީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
އެ ރަށު މުދިމަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.
މުދިމަށް އަނިޔާވެރި ގޮތަކަށް ހަމަލާދޭތަން ފެންނަ ވީޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެގެން ގޮސްފައެވެ. އެ ވީޑިއޯއިން ފެންނަނީ ހަތަރު އަނގޮޅި ކަންމައްޗެއްގައި، އެދުވަހުގެ ހެނދުނު 09:50 ހާއިރު މުދިމު ބައިސްކަލެއްގައި އިން އިރު ކުރިމަތީގައި ސާމިދު ވާހަކަދައްކަން ހުންނަ މަންޒަރެވެ.
އޭނާ ކުއްލިއަކަށް ވަޅި ނަގާ މުދިމުގެ ގަޔަށް ހަރަމުން ދާތަން މި ވީޑިއޯއިން ފެނެއެވެ.
އެ ހާދިސާގައި މުދިމަށް ލިބުނު އަނިޔާތަކާ ގުޅިގެން މާލެ އަށް ގެނެސް އޮޕަރޭޝަނެއް ވެސް ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް