ފާއިތުވި އޭޕްރީލް މަހު ފުލުހުންނަށް ވައްކަމުގެ 286 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވާ އޭޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހުގެ ތެރޭގައި ޖުމްލަ 890 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ފުލުހުން ބުނީ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ ކަމަށެވެ. އެގޮތުން
ވައްކަމުގެ 286 މައްސަލަ ރިޕޯޓްކޮށްފައި ވާކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން އޭޕްރީލް މަހުުގެ ތެރޭގައި ދެވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށާއި އެގޮތުން މަސްތުވާތަކެތީގެ 122 މައްސަލަ ހުށަހަޅާފައިވާއިރު އޭޕްރީލް މަހުގެ ތެރޭގައި ޓްރެފިކް އެކްސިޑެންޓްގެ ގޮތުގައި 121 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އޭޕްރީލް މަހުގެ ފުލުހުންގެ ތަފާސްހިސާބު
ވައްކަންކުރުން - 286 މައްސަލަ
މަސްތުވާތަކެތި - 122 މައްސަލަ
ޓްރެފިކް އެކްސިޑެންޓް - 121 މައްސަލަ
މުދަލެއް ގެއްލިގެން - 113 މައްސަލަ
މަކަރާއި ހީލަތް ހެދުން - 77 މައްސަލަ
މާރާމާރީ ހިންގުން - 51 މައްސަލަ
އަމިއްލަ މީހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުން - 43 މައްސަލަ
ޖިންސީ ގޯނާކުރުން - 25 މައްސަލަ
ފޭރުން - 24 މައްސަލަ
ގެވެށި އަނިޔާކުރުން - 19 މައްސަލަ
ފޯޖުކުރުން - 7 މައްސަލަ
ޗެކް ބައުންސްވުން - 2 މައްސަލަ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް