އޯލެވެލްއާ އޭލެވެލް ހަދާ ވިލިމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް އެމްޓީސީސީން ހާއްސަ ފެރީއެއް

އޯލެވެލް އަދި އޭލެވަލް އިމްތިހާން ހަދާ ވިލިމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި އިތުރު ފެރީއެއް ބޭއްވުމަށް ނިންމައިފި އެވެ. އެމްޓީސީސީން ބުނީ މި ފެރީ ބާއްވާނީ ކޮންމެ ހުކުރު ދު...

05 May 2022 | 09:03

އޯލެވެލް އަދި އޭލެވަލް އިމްތިހާން ހަދާ ވިލިމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި އިތުރު ފެރީއެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ މި ފެރީ ބާއްވާނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު1:10 ގައި ކަމަށެވެ.

މިގޮތަށް ނިންމައި އާއްމުކުރި އިއުލާނެއްގައި އެމްޓީސީސީއިން ބުނެފައިވަނީ މި ފެރީގެ ހިދުމަތް ދޭނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހުކުރު ދުވަހަކު ކަމަށެވެ.

މިގޮތަށް ނިންމީ މި އަހަރުގެ އޯލެވަލް އަދި އޭލެވަލް އިމްތިހާނު ހަދަމުންދާ ވިލިމާލޭގައި ދިރިއުޅޭ ދަރިވަރުން އިމްތިހާނުގައި ބައިވެރިވުމަށް މާލެ ދަތުރުކުރުމުގެ ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދަރުވަރުން ތައުލީމު ހާސިލްކުރުމަށް މާލޭ ސުކޫލުތަކަށް ކޮންމެ ދުވަހަކު ދަތުރު ކުރެއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ފެށީ އިއްޔެ އެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނުގައި5،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް