އެމެރިކާގައި ކުރިއަށްދާ "އެޑްވެންޗާ އެލެވޭޓް 2022" ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ތިން ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރއަކީ އެމެރިކާގެ މަޝްހޫރު ޓްރެވެލް ޓްރޭޑް ކޮމިޔުނިޓީ ކަމުގައިވާ އެޑްވެންޗާ ޓްރެވެލް ޓްރޭޑް އެސޯސިއޭޝަން (އޭޓީޓީއޭ)އިން ކުރިއަށް ގެންދާ ފެއަރއެކެވެ.
މި ފެއާރގެ މަގްސަދަކީ އެމެރިކާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ އޮތްކަން ހާމަކުރުން ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ކޯވިޑްގެ ހާލަތުގެ ކުރިން ހުރި މިންވަރަށް ރާއްޖެއަށް ފަތުރުވެރިން ގެނައުން ކަމަށް އެމއެމްޕީއާރުސީން ހާމަކުރެއެވެ.؛
އެގޮތުން މި ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވެފައިވަނީ އެމެރިކާގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެގޮތުގައި އިސްތިހާރުކުރުމަށެވެ. އަދި މި ފެއަރ ކުރިއަށްދަނީ މޭ 3-5ގެ ނިޔަލަށް އޮރެގަން އުނައިޓެޑް ސްޓޭޓްސްގައެވެ.
މި ފެއާރގައި އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކޮށް ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެވޭ ބަދަލުތަކާމެދު އެމްއެމްޕީއާރުސީން މަޝްވަރާކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް