އަރްޖުން އާއި މަލައިކާގެ ކައިވެނި ކައިރިވާކަމުގެ އިޝާރާތެއް ކޮށްލައިފި

ބޮލީވުޑްގައި އެންމެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާ ޖޯޑު ކަމަށްވާ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ކައިވެނި ކައިރިވާ ކަމުގެ އިޝާރާތެއް ކޮށްފި އެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކީ މަލައިކާ އެވ...

05 May 2022 | 08:14

ބޮލީވުޑްގައި އެންމެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާ ޖޯޑު ކަމަށްވާ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ކައިވެނި ކައިރިވާ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކީ މަލައިކާ އެވެ.

މަލައިކާ ބުނީ އޭނާއަށް ޔަގީންވާ ކަމަކީ އަދި ބޭނުންވާ ގޮތަކީ އަރްޖުން އާއި އެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަ ކުރުމެވެ. އެގޮތަކީ އަރްޖުންވެސް އެދޭ ގޮތް ކަމަށާއި މިހާރު ދެމީހުންގެ މުސްތަގުބަލާއި މެދު ވިސްނައި ކަންތައްތައް ނިންމާނެ ގޮތަކާއި މެދު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ.

މަލައިކާ ބުނީ މިހާރު ދެމީހުން ކުރާ މަޝްވަރާތަކުގެ ތެރޭގައި ދެމީހުން އެކުގައި އުޅޭނެ ގޮތާއި އަބަދު މިގޮތަށް ރައްޓެވިގެން އުޅުމަކީ ބޭނުންވާ ގޮތް ނޫންކަމަށް އެއްބަސްވެ ދެމީހުން ދައްކާ ވާހަކަ ހިމެނޭ ކަމަށެވެ. އޭނާ ބުނީ އެ ފަދަ ހުރިހާ މަޝްވަރާއެއްގައި އަރްޖުން އާއި ދެމީހުންގެ ވިސްނުން ވަރަށް އެއްގޮތް ކަމަށެވެ.

ދެ މީހުން ކައިވެންޏާއި މެދު ވިސްނުން ގެންގުޅޭ ކަމުގެ އިޝާރާތެއް މަލައިކާ ކުރި އިރު މިދިޔަ އަހަރު އަރްޖުން ބުނީ ދެމީހުން ކައިވެނި ކުރުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމަށެވެ. އެކަމަކު މަލައިކާ ދޫކޮށްލުމުގެ ވިސްނުންވެސް ނުގެންގުޅޭ ކަމަށް އެ ދުވަހު ބުނެފައިވެ އެވެ.

އަރްޖުން އާއި މަލައިކާގެ ޖޯޑަށް ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ ރައްދު ވަނީ ދެމީހުންގެ އުމުރުގެ ފަރަގު ބޮޑު ކަމުންނެވެ.

މަލައިކާގެ އުމުރަކީ 47 އަހަރު ކަމަށްވާއިރު އުމުރުން 18 އަހަރުގެ ދަރިއަކު އެބަހުއްޓެވެ. އަރުޖުންގެ އުމުރުން 36 އަހަރެވެ. މަލައިކާގެ 18 އަހަރުގެ ފިރިހެން ދަރިފުޅަކީ ސަލްމާން ހާންގެ ބޭބެ އަރުބާޒް ހާންއާއި ދެމީހުންގެ ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް