އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ހަވީރާއި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މޫސުން ގޯސްވާނީ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. އެ ސަރަހައްދަން ހަވީރު4:00 އާއި ހަމައަށް ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.
މެޓުން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.
އާންމުގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް