ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދަނީ

މާރާމާރީތަކާއި ގުޅިގެން ހަތް މީހަކު ހޯދަން އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ. ހޯދަމުންދަނީ: ކ. މާލެ/ ދަފްތަރު ނަންބަރު  ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ) ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ...

05 May 2022 | 07:04

މާރާމާރީތަކާއި ގުޅިގެން ހަތް މީހަކު ހޯދަން އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ހޯދަމުންދަނީ:

ކ. މާލެ/ ދަފްތަރު ނަންބަރު  ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)

ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)

ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)

ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)

ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)

ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު  (20އ)

ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

ފުލުހުން ބުނެފައިވަނީ މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށާއި، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.

މާރާމާރީތަކަކާއި ގުޅިގެން ހަތް މީހަކު ހޯދަން ފުލުހުން ވަނަވަރު ހާމަކޮށްފައިވާއިރު މި މަހުގެ ދެވަނަ ދުވަހު މާލޭގައި ދެ މާރާމާރީއެއް، ރޭގައި ތިން މާރާމާރީއެއް ހިންގާފައިވެއެވެ. މި މާރާމާރީތަކުގައި ފަސްވަރަކަށް މީހުން ޒަހަމްވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް