މިއަދަކީ ބައިނަލްއަޤްވާމީ ފޫޅުމައިންގެ ދުވަހެވެ.
ފޫޅުމައިންނަކީ އަންހެނަކު، މާބަނޑުވާ ދުވަހުންސުރެ ވިހެއުމާއި ހަމައަަށް އެ ކަނބަލުންނަށް މާބަނޑުވުމުގެ ސަބަަބުން ލިބޭ އުނދަގޫތައް ލުއި ކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކަމުގެ ހާއްސަ ހުއްދައާއި އެކު ތަމްރީނު ލިބިގެން އެ ހާލަތުގައި އެހީތެރިވެދޭ އަންހެނުންނެވެ.
މިއީ 1992 ވަަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ފަސް ވަނަ ދުވަހު އިންޓަރނޭޝަނަލް ކޮންފެޑެރޭޝަން އޮފް މިޑްވައިފްސް (އައި.ސީ.އެމް) އިން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.
މިއަހަރުގެ ބައިނަލްއަގްވާމީ ފޫޅުމައިންގެ ދުވަހުގެ ޝިއާރަކީ "100 ޔާރސް އޮފް ޕްރޮގްރެސް" އެވެ.
ފޫޅުމައިންގެ ދުވަަހަކީ އައިސީއެމްއިން އިސްނަގައިގެން 50 އަށް ވުރެ ގިނަ ގައުމުގެ ބައިވެރި ވުމާއެކު އެ ޖަމިއްޔާގެ މެމްބަރު ޖަމިއްޔާތަކާ ގުޅިގެން ފާހަގަ ކުރާ ދުވަހެކެވެ.
އެގޮތުން އައި.ސީ.އެމް.އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 143 މެންބަރު ޖަމްޢިއްޔާ ހިމެނޭހެން 124 ޤައުމު ތަމްސީލުކުރާ ޖަމްޢިއްޔާއެކެވެ. މީގެ އިތުރުން މި އެސޯސިއޭޝަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނަކަށްވުރެ ގިނަ ފޫޅުމައިން ތަމްސީލުކުރާ ޖަމްޢިއްޔާއެކެވެ.
މިދުވަސް ފާހަގަ ކުރުމުގެ މަޤްސަދަކީ ފޫޅުމައިންގެ މަސައްކަތްތައް ދުނިޔޭގެ ފެންވަރުގައި ބަލައިގަނެ، ބައިނަލްއަޤްވާމީ ފެންވަރުގައި ފޫޅުމައިންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމެވެ.
ހުރިހާ ސަގާފަތެއްގައި ވެސް ފޫޅުމައިންގެ ދައުރަކީ މުހިންމު ދައުރެކެވެ.
މާބަނޑު ދުވަސްވަރު ކޮންމެ އަންހެނެއްގެ އަތްފޯރާފަށުގައި ފޫޅުމައެއް ނުވަތަ ހެލްތު ވޯކަރެއް ހުރިކަން ޔަގީންކުރަމަކީ ނުހަނު ބޭނުންތެރި އަދި އެހާމެ މުހިންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް