މަގުމަތީގައި ނިޔާވެފައި އޮއްވާ ފެނުނީ ކާކުކަން ދެނެގެންފި

މާލޭގެ މަގުމަތީގައި ނިޔާވެފައި އޮއްވާ މިރޭ ފެނުނީ ކާކުކަން ދެނެގެންފިއެވެ. ފުލުހުން ކުރިން ބުނެފައިވަނީ މިރޭ (04 މެއި) ގެ އިރާކޮޅުގެ ވަގުތެއްގައި މާފަންނު މުރަނގަމަގުގައި ހުންނަ ބީޖީ ގަރާޖު ސަރަހައްދު...

04 May 2022 | 22:39

މާލޭގެ މަގުމަތީގައި ނިޔާވެފައި އޮއްވާ މިރޭ ފެނުނީ ކާކުކަން ދެނެގެންފިއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ މިރޭ (04 މެއި) ގެ އިރާކޮޅުގެ ވަގުތެއްގައި މާފަންނު މުރަނގަމަގުގައި ހުންނަ ބީޖީ ގަރާޖު ސަރަހައްދު މަގުމައްޗަށް ވެއްޓިފައި އޮއްވާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާތީ އެމީހަކީ ކާކުކަން އޭރު ދެނެގަނެވިފައިނުވާކަމަށެވެ.

އެހެންކަމުން އޭނާގެ ސިފަ އާއި ލައިގެން ހުރި ހެދުމުގެ ތަފްސީލާއެކު އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުނެވެ.

އޭގެ ފަހުން ދެންމެ މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެއީ ކާކުކަން މިހާރު ދެނެގަނެވިފައިވާކަމަށާއި އެއީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ އާއިލާގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް