ދުނިޔޭގައި ކޯވިޑް-19 ގައި އެންމެ ނުރައްކާތެރި ހާލަތުގައި އޮތް އިންޑިއާގަި ކޯވިޑް ޖެހޭ މީހުންގެ އަދަދު ދެ ގުނައަށް އިތުރުވެ ނުރައްކާތެރިކަމާއި ކުރިމަތިލާން ޖެހޭނެ ކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ މައި ސަރުކާރަށް ސައިންޓިފިކް ގޮތުން ލަފާ އަރުވާ މުޝީރު ޑރ. ކޭ. ވިޖޭ ރާގަވަން ބުނެފައިވަނީ އަންނަ ހަފްތާގައި ވައިރަހަށް ޕޮސިޓިވްވާ މީހުންގެ އަދަދަށް އަންނަ ބޮޑު ބަދަލަށް ސަމާލުކަން ދޭން ޖެހުމުގެ އިތުރުން ކޯވިޑްގެ ތިން ވަނަ ރާޅު އިންޑިއާއަށް އަރާނެ ކަމަށް ތައްޔާރަށް ތިބެން ޖެހޭ ކަމަށެވެ.
އޭނާގެ ހޯދުންތަކަށް ބަލާއިރު ކޯވިޑް ޖެހިގެން ދުވާލަކު މަރުވާ މީހުންގެ އަދަދު އިންޑިއާގައި 4،000 އިން މައްޗަށް އަރާނެ އެވެ. އެކަމަކު ތިން ވަނަ ރާޅު އަންނާނެ ކަމަށް ލަފާ ކުރާ ދުވަހެއް ނުބުނެ އެވެ.
އިންޑިއާގެ ބޮޑެތި ސިޓީތަކުގެ މަގުތަކުން މިހާރު އާންމުކޮށް ފެންނަ މަންޒަރަކީ ހޮސްޕިޓަލުން ޖާގަ ނުވަތަ އޮކްސިޖަން ލިބޭނެ ގޮތެއް ނެތިގެން ޕާކުތަކާއި އެމްބިއުލާންސް ތަކުގައި މީހުން މަރުވާތަން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާ ކޯވިދްގައި އެ ހާލަތަށް ވެއްޓުނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސްޓޭޓް އިންތިހާބުތަކާއި ދިމާކޮށް ކުރި ވަރުގަދަ ކެމްޕެއިން އާއި އިންޑިއާގެ ހިންދޫ ދީނުގެ އެއްވުމަކާއި ގުޅިގެން ކަމަށް ބުނެ އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ މިދިޔަ ހަފްތާގައި އިންޑިއާއިން އެކަނި މުޅި ދުނިޔޭގައި މިދިޔަ ހަފްތާގައި ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދާއި އެއްވަރަށް ޕޮސިޓިވްވި ކަމަށެވެ. އަދި އިންޑިއާއިން ބަލި ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމަށް ވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް