ފަރުކޮޅުފުށީގައި ގާއިމްކުރި ކޮވިޑް ފެސިލިޓީވެސް ގާތްގަނޑަކަށް ފުލްވެފައިވާކަމަށާއި ޑީއެޗް11ވެސް ފުލް ވެއްޖެ ކަމަށާއި އެހެންކަމުން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމުގައި އެޗްއީއޯސީން ބުނެފިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ ކެޕޭސިޓީ އިތުރުކުރުމަށް އައިސީޔޫ އިތުރު އެނދުތައް އޮޕަރޭޝަނަލް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގެ ވަކިން ހުންނަ އިމާރާތެއްގައި 50 އެނދު އޮޕަރޭޝަނަލައިޒް ކުރެވިގެންދާނެ ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން ފަރުކޮޅުފުށި ފެސިލިޓީ ގާތްގަނޑަކަށް ފުލްވެފައިވާއިރު ވެލިދޫ އައިސޮލޭޝަން ފެސިލިޓީވެސް އޮޕަރޭޝަނަލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މެޑިކަލް ސްޓާފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް