މިދިޔަ 24 ގަޑިއިރު ތެރޭގައި މާލެއިން500 އަށްވުރެ ގިނަ މީހުން ކޯވިދް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ހަވީރު6:00 ން މިއަދު ހަވީރު6:00 އަށް މާލެއިން540 މީހުން ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ. މިއީ ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މާލޭގައި ކޯވިޑަށް މީހުން ޕޮސިޓިވްވި އެންމެ ގިނަ ދުވަހެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު ވިދާޅުވީ މާލޭގައި ކޭސްތައް އިތުރުވަމުން މިދަނީ ނުރައްކާތެރި މިންވަރަކަށް ކަމަށެވެ. އަދި އެންމެން އެކުގައި މަސައްކަތް ކޮށް މި ހާލަތުން އަރައިގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ތިން ދުވަހުވެސް މާލެއެކޭ އެއްގޮތަށް މުޅި ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް