މާލޭގައި އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުނު މާލެ ސީޓީގެ ކައުންސިލް ގޮނޑިތައް ހީކުރިގޮތާއި ޚިލާފަށް މިވަނީ ހައިރާންކުރުވަނިވި ނަތީޖާއަކާއި އެކު އިދިކޮޅުން ކާމިޔާބުކޮށްފައެވެ. ފުރިހަމަ ނަތީޖާއެއް ހޯދިއިރު އިދިކޮޅުން މިވަނީ 11 ގޮނޑިކަށަވަރުކޮށްފައެވެ.
އިދިކޮޅުން މާލޭގެ މެޖޯރިޓީ ގޮނޑި ނެގުމާއި އެކު ދެން އުފެދޭ އެންމެ ބޮޑު ސުވާލަކީ މާލޭގެ މޭޔަރު ކަމަށް މިހާރު އިންތިޚާބުވެފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު އާއި އެކު މަސައްކަތް ކުރާނެ ނައިބެއްގެ ސުވާލެވެ. ޑރ. މުއިއްޒު ފަދަ ޢިލްމީ ޤާބިލް ބޭފުޅަކާއި އެކު މަސައްކަތް ކުރަން އެންމެ ޤާބިލް ވާނީ ތަޢްލީމީ އަދި މަސައްކަތުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ޖުމުލަ ގޮތެއްގައި ޢިލްމީ އަދި ހިންގުންތެރި ކެރޭ ބޭފުޅެކެވެ.
އަލަށް ހޮވުނު ކައުންސިލްގައި ޖުމުލަ 8 އަންހެން ކަނބަލުން އެބަތިއްބެވެ. މި ފަހަރު ކައުންސިލް ތައް ބައްޓަން ވެގެންދަނީ އަންހެނުންނަށް ހާއްސަ އިސްކަމެއް އަދި ހާއްސަ މަޝްއޫލު ކަމެއް އެކަމުގައި ހިމެނިގެންނެވެ. ޚާއްސަ ގޮނޑިތަކެއްވެސް އަންހެނުންނަށް މި ފަހަރު ކަށަވަރުކުރެވުނެވެ. އަންހެން ބޭފުޅުންގެ ބަސް މިފަހަރު ކައުންސިލް ތަކުގައި ގަދަވާނެއެވެ. ޚިދުމަތް މުހިއްމުވާނެއެވެ.
ޒަމާނަކީ އަންހެނުން ބާރުވެރި ކުރުމަށް ހާއްސަ އިސްކަމެއް ދޭ ޒަމާނެކެވެ. ސިޔާސީ ޕާޓީތަކުންވެސް ވަކާލާތު ކުރަނީ އެގޮތަށެވެ. އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ އަންހެނުން ނިސްބަތުން ގިނަ އިރު އަންހެނުންގެ ބަސް ކަންކަން ނިންމުމުގައި މުހިންމެވެ. އެހެން ކަމަށް ވާއިރު މަލޭ ސިޓީ ފަދަ ތަނެއްގެ ކަންކަން ނިންމާއިރު އަންހެނުންގެ ޚިޔާލާއި ޢަމަލީ ބައިވެރިވުން އަދި މާ މުހިންމުވެއެވެ. ހައިސިއްޔަތާއި އެކު އަންހެނުންގެ ބަސް މުހިއްމެވެ. މިކަމުގައި ގިނަ ބައެއްގެ ޚިޔާލު ހުރީވެސް މިހެންނެވެ.
" މާލޭ ސިޓީއަށް މިފަހަރު ބޭނުންވަނީ ޢިލްމީ، ބަސް ބުނަން ކެރޭ ހީވާގި އަންހެން ޑެޕިއުޓީ މޭޔަރެއް." ޒުވާނަކު ޝޯސަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައި އޮތެވެ.
ޢިލްމީ ޤާބިލު އަންހެނެއް އިންތިޚާބީ ކައުންސިލަރުންގެ ތެރެއިން އަތްފުނާއަޅާ ހޯދާލާއިރު އެމަގާމަށް ޝައުގުވެރިވެ ވަޑައިގެން މިހާތަނަށް އެކަން އިޢުލާން ކޮށްފައިވަނީ ވިލިމާލެއިން ތާރީޚީ ކާމިޔާބީ އެއް ހޯދާ ވަޑައިގެނެންނެވި ނަހުލާ ޢަލީއެވެ.
ނަހުލާ މި މަގާމަށް ކުފޫ ހަމަވޭތޯ ހިސާބު ޖަހަލާމާތޯއެވެ. ފަށަންވީ ސިޔާސީ ދާއިރާގެ ތަޖުރިބާއިންނެވެ. ސިޔާސީ ދާއިރާގައި ނަހުލާ އަކީ ހޮވިފައި ތިބި އެހެން އަންހެނުން މެމްބަރުންނާއި އިންތިހާބީ ކައުންސިލަރުންނަށް ބަލާއިރު މާބޮޑަށް ވެސް ތަޖުރިބާކާރު ބޭފުޅެކެވެ. ސިޔާސީ އޮޔާއި ވައި ދަނެއެވެ. އޭގެ ހެއްކަކަށް ވިލި މާލެ ދާއިރާ މިހާރުވެސް ތަމްސީލް ކުރަމުން ގެންދާ އެމްޑީޕީގެ ކައުންސިލަރު މައްޗަށް ހޯދި ތަފާތު ބޮޑު ކާމިޔާބީ ހެއްކަކަށް ފުދެއެވެ.
ދެން އޮތީ ޢިލްމީ ޤާބިލްކެމެވެ. ނަހުލާއަކީ މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ތައުލީމަށް ބަލާއިރު މިހާރު ހޮވިފައި އޮތް މުޅި ކައުންސިލްގައި ޑރ. މުއިއްޒު ނަގާފައި އެންމެ ޢިލްމީ ބޭފުޅަކީ ނަހުލާ ޢަލީއެވެ. ނަހުލާ ވަނީ ސިޔާސީ ދާއިރާއިން އަދި އިޤްތިޞާދީ ދާއިރާއިން ސިންގަޕޫރުން ޑަބަލް މާސްޓަރޒް ހާސިލްކޮށްފައެވެ. މާލެ ސިޓީ އަށް ޑރ މުޢިއްޒު އާއި އެކު ހެޔޮ ބަދަލު ތަކެއް ގެނައުމަށް ބޭނުންވާ ތަޢުލީމީ ޤާބިލްކަން ނަހުލާގެ އެބަހުއްޓެވެ. ނަހުލާއަކީ މަސައްކަތުގެ ދާއިރާގެ ތަޖުރިބާގެ ގޮތުންވެސް އެންމެ އުހުގައި ހުނެނެވި އެއްބޭފުޅާއެވެ.
ނަހުލާ ވަނީ ސަރުކާރުގެ އެކި ވުޒާއަރާތަކުގައި މެނޭޖިރިއަލް ލެވެލްގެ މަތީ މަޤާމްތައް އަދާކޮށްފައެވެ. އެމް. ބީ.ސީ. ބޯޑު ޑައިރެކްޓަރު ކަމާއި ސިޔާސީ މަޤާމްތައްވެސް މެއެވެ. ޕީޕީއެމް ވުޖޫދަށް އައި އިރު ބޭއްވި ވާދަވެރި ފުރަތަމަ ކޮންގްރެސް އިން މުޅިރާއްޖެއިން ނެގި ވޯޓުން ޕީޕީއެމްގެ ޝަރަފުވެރި ކައުންސިލަށް ހޮވުނެވެ. ޕާޓް ޓައިމްކޮށް ޕްރެޒެންޓަރެއްގެ ގޮތުގައިވެސް އަހަރުތަކަކު މަސައްކަތް ކޮށްފައެވެ. އަދި ތަފާތު ޖަމުއްޔާތަކުގައި އަމަލީ މަސައްކަތް ވަނީ ކުރައްވާފައެވެ.
އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ނަހުލާގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަންހެނުން ބާރުވެރި ކުރުވުމަށް އެކިއެކި ރޮނގުރޮނގުން މަސައްކަތް ކުރެއްވިއެވެ. ސިޔާސީ ދާއިރާއަށް އަންހެން ކަނބަލުން ނެރުމަށް ބުރަ މަސައްކަތް ކުރެއްވިއެވެ. އޭގެ އެއް ހެއްކަކީ މިފަހަރު ވިލިމާލެ ގޮނޑި ޔަގީން ކުރުމަށް ނަހުލާ ކުރި މަސައްކަތުގެ މެޖޯރިޓީ ބައިވެރިންނަކީ އަންހެނުންނެވެ.
" ނަހުލާ އަކީ ތަފާތު ދައްކާނެ ބޭފުޅެއް. ނަހުލާގެ މައްޗަށް އިތުބާރު އެބައޮތް. ޑެޕިއުޓީ މޭޔަރަކަށް ނަހުލާ ވަރެއް ނެތް" ޒުވާނަކު ބުންޏެވެ.
މާލެ ސިޓީގެ އައު ކައުންސިލާއި އެކު މި ސިޓީގެ މަސައްކަތްތަކާއި ތަރައްގީ މެކުހަށް ޖަހާނެ ކަމަށް ޕީޕީއެމް ކައުންސިލަރުންވަނީ ޔަގީންކޮށްދީފައެވެ. އެހެން ކަމަށް ވާއިރު އެ ބާރު ސްޕީޑަށް ކައްޕިއާއި އެކު ކެތްކޮށްލެވޭނީ ކެރޭ ޢިލްމީ ގާބިލް ހިންގުންތެރި ނައިބު ކައްޕިއަކަށެވެ. ނަހުލާގެ އެ ހިތްވަރު ހުރިކަން ސިޔާސީ ދާއިރާ އާ ހިދުމަތުގެ ދާއިރާއިން މިހާތަނަށް ކުރި މަސައްކަތާއި ހޯދި ކާމިޔާބީން ޔަގީންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް