ނޭޕާލުގައި ކިޔަވަންތިބި ދިވެހި ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނޭޕާލުގައި ތިބި ދިވެހި ދަރިވަރުންތަކެއް ޕޮޒިޓިވް ވެފައިވާކަމަށެވެ. ރައްކާތެރިވެ ތިބުމަށާއި އެކަކު އަނެކަކާ ގުޅޭނޭހެން ތިބުމަށް ޑރ އެދިލައްވާފައިވެއެވެ.
މިކަމާއި ބެހޭގޮތުން ފޮރިން މިނިސްޓްރީ ކުރެން އަހާލުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އަދި މިކަމުގެ ސީދާ މައުލޫމާތު ލިބިލައްވާފައިނުވާކަމަށާއި އެހެންނަމަވެސް އާންމު އުސޫލެއްގެ ގޮތުން، އެ ގައުމެއްގެ ކޮވިޑް ޕްރޮޓޮކޯލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފޮރިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށެވެ.
ޑރ. މުހައްމަދު އަލީ އޭނާގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ދަރިވަރުން އާންމުގޮތެއްގައި ތައުލީމު ހާސިލުކުރުމަށް ދާ އަވަށްޓެރި ގައުމުތަކުގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރިފައިވާއިރު އެ ދަރިވަރުންވެސް އެ ތިބެނީ ނުރައްކަލުގައި ކަމަށެވެ. އެހެންކަމުން އެކަކު އަނެކަކާ މުއާމަލާތްތައް ކުރުމަށާއި ސަރުކާރާއި މުއާމަލާތް ކުރަމުން ގެންދިއުމަށްވެސް ޑރ އިލްތިމާސްކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް