ކޮވިޑް 19 ގެ މި ދަނޑިވަަޅުގައި އިތުރު އިންސާނީ ވަސީލަތްތައް ބޭނުންވެގެން ވޮލެންޓިއަރުން ހޯދުމަށް ކުރި އިއުލާނާއެކު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުނ ފަޒްނާ އަޙްމަދު، އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
ފަޒްނާ ވިދާޅުވީ، ފުރުސަތު ދެއްވައިފި ނަމަ، އެކަމުގައި ބައިވެރިވާން ތައްޔާރުކަމަށެވެ. ފަޒްނާ ވަނީ މީގެ ކުރިންވެސް، ކޮވިޑް 19 ގެ ކަންކަމުގައި ވޮލެއްންޓިއަރކޮށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެއީ އޮންލައިންކޮށެވެ.
ކޮވިޑްގެ އޮޕަރޭޝަންގައި ބައްޔަށް ފައްސިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ހެލްތް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. މި މަސައްކަތުގައި ވޮލަންޓިއާރ ކުރަން ބޭނުންވާ ނަމަ، ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު(ސީ.ވީ) ([email protected]) އަށް އީމެއިލް ކުރަން ވާނެއެވެ.
ރާއްޖޭގައި ކޮވިދްގެ ހާލަތު ގޯސްވެ، އެ މަސައްކަތްތަކަށް އިތުރު މީހުން މިވަނީ ބޭނުންވެފައެވެ. ރާއްޖެ މިހާރު މިއޮތީ ކޮވިޑްގެ އިތުރު ރާޅެއްގައި ކަމަށް، ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވި ދުވަހަކީ އިއްޔެއެވެ. އިއްޔެ އެކަނިވެސް601 މީހުން ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.
މިވަގުތު 6،508 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 181 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
https://twitter.com/dhuvasmv/status/1389963876880556035
ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 74 މީހުންނެވެ. އަދި މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 31،931 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް