އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ރެޑްވޭވް ސަލީމާއި ސުވާލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމާއި ސުވާލުކޮށްފި އެވެ. މި މައްސަލައިގަ ސަ...

05 May 2021 | 10:20

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމާއި ސުވާލުކޮށްފި އެވެ.

މި މައްސަލައިގަ ސަލީމާއި ސުވާލުކޮށްފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. އޭނާ އެ ކޮމިޝަނަށް ހާޒިރު ކުރިކަން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު މީޑިއާގައި ކަށަވަރުކޮށްދެއްވާފަ އެވެ.

އައްސަދު ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައިގަ ސުވާލު ކުރުމަށް ސަލީމް ކޮމިޝަނަށް ހާޒިރު ކުރީ އިއްޔެ އެވެ. އެކަމަކު އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

މި މައްސަލައިގަ ސަލީމްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ކުރިއަށް ދަނީ ރިޔާސީ ކޮމިޝަންގެ އިތުރުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއިޓާ ޖެނެރަލް (ޕީޖީ) އޮފީހާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް